އެމްއާރްއެމްއިން ރިޔާސީ އިންތިހާބަށް ޕްރައިމަރީއެއް ބާއްވަން ނިންމައި، އިއުލާނުކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކުރިއަށް ރިޔާސީ އިންތިހާބާއި ދިމާކޮށް އެ ޕާޓީން ކެނޑިޑޭޓެއް ނެރުމަށް ޕްރައިމަރީއެއް ބާއްވަން ނިންމައި އިއުލާނުކޮށްފިއެވެ. އެގޮތުން އެ ޕާޓީން މިއަދު ކުރ...

25 Jul 2023 | 13:58

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކުރިއަށް ރިޔާސީ އިންތިހާބާއި ދިމާކޮށް އެ ޕާޓީން ކެނޑިޑޭޓެއް ނެރުމަށް ޕްރައިމަރީއެއް ބާއްވަން ނިންމައި އިއުލާނުކޮށްފިއެވެ.

އެގޮތުން އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

"އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕާޓީ އޮފީހަށް ހުށަހެޅުން އެދެން" ލިޔެކިޔުންތައް އެ ޕާޓީގެ ވެބްސައިޓްގައި ހުންނާނެކަން ހާމަކޮށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

އެމްއާރްއެމް އިން ޕްރައިމަރީއެއް ބާއްވަން ނިންމައި އެކަމަށް މިއަދު ފުރުސަތު ހުޅުވާލާފައިވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދެވިކަން މީޑިއާއަށް ތިލަކޮށްފައިވެއެވެ. އެހެން ނަމަވެސް އެމްއާރްއެމްގެ މި އިއުލާނާއެކު އެ ޕްރޮސެސް އެހެން ގޮތަކަށް ބަދަލުވެގެންދާނެކަމުގައި ބެލެވެއެވެ.

އެމްއާރްއެމްއިން ޕްރައިމަރީއަކަށް ހުޅުވާލާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއިމެދު އެ ޕާޓީއާއި ޖޭޕީން މިއަދު މަޝްވަރާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް