ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފި

މާލެއަތޮޅު ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފިއެވެ. ފެނަކައިން ބުނީ އެރަށުގައި ޤާއިމްކުރި ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފެށުން އިފްތިތާހް ކޮއް...

25 Jul 2022 | 13:32

މާލެއަތޮޅު ކުޑަގިރީގައި ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ އެރަށުގައި ޤާއިމްކުރި ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފެށުން އިފްތިތާހް ކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.

މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެއެކެވެ.

މި އިންޖީނުގޭގައި 350ކވ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށާއި މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީން ގެއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި އިންޖީންގެއާއި އެކު 50,000 ލީޓަރު ގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ޤާއިމް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން މިހާރުވަނީ، ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 އިންސައްތަ އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް