މާލެ ސަރަހައްދަށް ޚާއްސަކުރެވޭ ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އެމްޑީޕީން ޚާއްސަ ސެޝަންތަކެއް

މާލެ ސަރަހައްދަށް ޚާއްސަކުރެވޭ ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އެމްޑީޕީން ޚާއްސަ ސެޝަންތަކެއް ބާއްވަން ނިންމައިފިއެވެ. އެމްޑިޕީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ އެ ...

25 Jul 2022 | 13:17

މާލެ ސަރަހައްދަށް ޚާއްސަކުރެވޭ ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އެމްޑީޕީން ޚާއްސަ ސެޝަންތަކެއް ބާއްވަން ނިންމައިފިއެވެ.

އެމްޑިޕީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ އެ ޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޛު ކުރުމުގެ ގޮތުން ބާއްވާ ސެޝަންތަކެއް ކަމަށެވެ. އަދި ސަރުކާރުން މާލޭ ސަރަހައްދަށް ޚާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް އެޕާޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2022 އިން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް އެމްޑީޕީ ދަނޑިކޮށި ޖަގަހަ (ޗާނދަނީ މަގު ،މާލެ) ގައި ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7219897 އާއި ގުޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެ ޕާޓީން ބުނީ އެމްޑީޕީގެ އަމާޒަކީ މާލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މި ޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް