ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ) ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލާފައިވަނީ ފެނުނު މަސްތުވާތަކެއްޗާއި އޭނާ އާ ގުޅުވޭނެ ހެއްކެއް ނެތުމުން ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، ހުނޫ މިނިވަން ކުރީ މިއަދުއެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި ހުނޫ ހައްޔަރުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެނާއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކެނަބިހާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދެ ދައުވާ އާއި، މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ފުރަތަމަ ޖަދުވަޅުގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރިއިރު، ހުނޫގެ ބަންދު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ހުނޫ ދޫކޮށްލަން ކޯޓުން ނިންމާފައިވަނީ ފެނުނު މަސްތުވާތަކެއްޗާއި އޭނާ އާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ތަނުން ނޫންކަމާއި ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވުމާއި އެތަކެތި އޭނާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުން ހިމެނެއެވެ.
ހުނޫ އަކީ ފިލްމާއި ޓިކްޓޮކުން ވެސް ފެނިގެންދިޔަ ހުނަރުވެރި ޒުވާން ފަންނާނެކެވެ. ރާއްޖޭގެ ބައެއް ސީރިޒުތަކުން ވެސް ފެނިފައިވާއިރު، ހުނޫ އަކީ މޮޑެލް ކުރުމުގައި ވެސް ފުންނާބު އުސް ފަންނާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް