ފިލްމީ ދާއިރާގައި އުޅުނު އިރު ރީދި ނަމާ ޝާނާ ޝައުކަތާ ލިބުނު ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް އޭރަކު ނުލިބޭ ކަމުގައި ކުރީގެ ފިލްމީ ތަރި ސަނާ ޚާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ސަނާ ފާހަގަކޮށްފައިވާގޮތުގައި ފިލްމު ކުޅުުނުއިރު އޭނާއަށް ނުލިބޭ އެއްޗެއް ނުވާކަށް ކަމެއް ނެތް ކަމަށެވެ. ފައިސާއާއި ރީތި ނަން ލިބުނު ކަމަށެވެ. މުއްސަނދިކަން ލިބުނު ކަމަށެވެ. އެހެންނަމަވެސް ހަމަ އުޅެ އުޅެ ހިތް ހަމަޖެހުމެއް ނުލިބުނު ކަމަށެވެ.
ރޯދަމަހެއްގައި ފެނުނު ބިރުވެރި ހުވަފެންތަކެއްގެ ވާހަކަވެސް ހިއްސާކުރަމުން ސަނާ ބުނެފައިވަނީ ނިދާއިރު މަހާނަ ފެނުން، އޭނާ މަރުވާ މަންޒަރު ފެނުންފަދަ ބިރުވެރި މަންޒަރުތައް ތަކުރާރުވުން އެއީ ހަޔާތާއިމެދު އޭނާއަށް ވިސްނައިލަން މަޖުބޫރުކުރުވި ކަމެއް ކަމަށެވެ.
ސަނާ ފިލްމީ ދާއިރާ ދޫކޮށް، ވިޔަފާރިވެރިޔާ މުފްތީ އަނަސް ސައްޔިދާ ކައިވެނިކުރީ 2020 ވަނަ އަހަރުގައެވެ. އެ ދެމަފިރިން އާއްމުގޮތެއްގައި ރާއްޖެ ޒިޔާރަތްކުރާއިރު މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަންވެސް އެ ދެމަފިރިން ވަނީ އަދާކޮށްފައެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް