ހަމައެކަނި ރައީސް ހެޔޮފުޅުވެގެން ގައުމެއް ނުހިންގޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ހަމަ އެ ޓްވީޓުގައި ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
https://twitter.com/ShimranAb/status/1551296191497125890?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551296191497125890%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F103702
މިފަދައިން ރޭ މެންދަމު ޓްވީޓު ކުރައްވާފައިވާއިރު، މިފަހަކަށް އައިސް މިނިސްޓަރ އިމްރާން އަންނަނީ ކުރިއަށްވުރެ ޓްވިޓަރ ގައި ހަރަކާތްތެރުވަމުންނެވެ. އަދި ތަފާތު އެކި ޓްވީޓުތައް ކުރައްވަމުން ގެންދަވާއިރު، ވަރަށް މާނަފުން ޓްވީޓުތައް ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
އެމަނިކުފާނު މިފަދައިން ގިނަ ޓްވީޓުތަކެއް ކުރައްވަމުން ގެންދަވާއިރު، އެ ޓްވީޓްތައް ބޮޑަށް ފާހަގަކުރެވެނީ އަމިއްލަފުޅު ޕާޓީއާއި އަމިއްލަފުޅު ހައިސިއްޔަތާއި މަގާމު ދިފާޢުކުރެއްވުމުގެ ވާހަކަތަކަށް ބައްޓަން ކުރައްވާފައިވާ ވަނިކޮށްނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް