އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުން: ޕްރޮޖެކްޓް ސައިޓަށް ޖައްރާފާ ގެންގޮސް، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކަޓަރ ސަކްޝަން ޑްރެޖަރ - ޖައްރާފާ 4 ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ 24 ޖުލަ...

25 Jul 2022 | 08:09

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކަޓަރ ސަކްޝަން ޑްރެޖަރ - ޖައްރާފާ 4 ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ 24 ޖުލައި 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް މޯބިލައިޒްކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭއެއް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

451.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް