ކެޓަށް ސްޓޯކް ކޮށް ވިކީ އާއި ކެޓަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ފަށައިފި

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް (ކެޓް)ގެ އިންސްޓަގްރާމް އެކައުންޓުގެ ފޮޓޯތަކަށް ހުއްޓުމެއްނެތި ސްޓޯކްކޮށް، ކެޓާއި ކެޓްގެ ފިރިމީހާ ވިކީ ކޯޝަލަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ އިންޑިއާ ފުލުހުން...

25 Jul 2022 | 07:43

ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް (ކެޓް)ގެ އިންސްޓަގްރާމް އެކައުންޓުގެ ފޮޓޯތަކަށް ހުއްޓުމެއްނެތި ސްޓޯކްކޮށް، ކެޓާއި ކެޓްގެ ފިރިމީހާ ވިކީ ކޯޝަލަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ އިންޑިއާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލަ ވިކީ ހުށަހަޅާފައިވަނީ މުމްބާއީގެ ސަންޓަކްރޫޒް ޕޮލިސް ސްޓޭޝަނަށެވެ. އެ ޕޮލިސް ސްޓޭޝަނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މީހަކު އެ ދެމަފިރިންނަށް މަރުގެ އިންޒާރު ދީފައިވަނީ މި ފަހުން މި ދެމަފިރިން އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކުގެ ކޮމެންޓް ސެކްޝަންގައެވެ. އެމީހަކު ކެޓަށް ސްޓޯކްކުރާކަމަށްވެސް ޕޮލިސް ކޮމްޕްލެއިންޓްގައި ވިކީ ހިމަނާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ވިކީ އާއި ކެޓަށް މީހަކު މަރުގެ އިންޒާރު ދީފައިވާއިރު މި ފަހުން ބޮލީވުޑް ބަތޮލު ސަލްމާން ޚާން އާއި އޭނާގެ ބައްޕަ ސާލިމް ޚާނަށްވެސް ބަޔަކު މަރުގެ އިންޒާރު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް