ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ލިބޭނެއެވެ.
މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަނާއި ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއަރއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ. އަދި 1000 ޑޮލަރުގެ ޝޮޕިންގ އެލަވަންސެއް ވެސް ނަސީބުވެރި ފަރާތަކަށް ލިބޭނެއެވެ.
30 ސެޕްޓެމްބަރ ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
މީގެ އިތުރުން، އަލަށް ޕޯސްޓްޕެއިޑް ޕެލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 ޕަސެންޓްއާއި ހަމައަށް ޑިސްކައުންޓު ވެސް ލިބޭނެއެވެ.
މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ދިރާގު ގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި ބެހޭ އިތުރު މަޢުލޫމާތު މި ލިންކުތަކުން ލިބޭނެ: އަދި މި ޕްރޮމޯޝަނާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް:
ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް