ރީނދޫ - ގިނަ ބަލިތަކަށް ފަރުވާއެއް

ރީނދޫއަކީ ފޯލިކޮށް ހުންނަ ދޮންރަތްކުލައިގެ ގޮނޑިއެކެވެ. މިއީ ހަވާދާއި ބޭހަށް ބޭނުން ކުރާއެއްޗެކެވެ. ރާއްޖޭގައި އާންމުކޮށް ރީނދޫ ބޭނުންކުރަނީ ތަފާތު ބާވަތްތަކުގެ ކާތަކެތި ހެދުމަށެވެ. ރީނދޫ އަކީ އިނގުރު...

25 Jul 2022 | 06:43

ރީނދޫއަކީ ފޯލިކޮށް ހުންނަ ދޮންރަތްކުލައިގެ ގޮނޑިއެކެވެ. މިއީ ހަވާދާއި ބޭހަށް ބޭނުން ކުރާއެއްޗެކެވެ. ރާއްޖޭގައި އާންމުކޮށް ރީނދޫ ބޭނުންކުރަނީ ތަފާތު ބާވަތްތަކުގެ ކާތަކެތި ހެދުމަށެވެ. ރީނދޫ އަކީ އިނގުރު އާއިލާއަށް ނިސްބަތްވާ ހަވާދުގެ ބާވަތެކެވެ. ބޭސްވެރިކަމަށް ވެސް އެއީ އެފަދަ ދެވަނައެއް ނެތް އެއްޗެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ރީނދުލަކީ އާތްރައިޓިސް ހުންނަ މީހުންނަށް "ޕެއިންކިލާ" ނުވަތަ ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ރީނދޫ ނުވަތަ އިނގިރޭސި ބަހުން ނަމަ ޓިއުމެރިކް އަކީ ކުރްކުމާ ލޮންގާ ލިޔާ ގަހެއްގެ މޫ ހިއްކައިގެން އުފައްދާ އެއްޗެކެވެ. މިއީ ފުއްޕާމޭގެ ކެންސަރު، އަލްޒެއިމާސް، ހިތުގެ ބަލިތައް އަދި ޑިޕްރެޝަނަށް ފަރުވާ ކުރުމަށް ވެސް ރީނދޫ ބޭނުންކޮށްފައިވެ އެވެ.

ރީނދޫއަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗަކަށް ވީނަމަވެސް ގިނަ މީހުން ރީނދޫ ބޭނުންކުރަނީ ކައްކާ އެއްޗެހީގެ ކުލަ ރީތިކޮށްލުމަށެވެ. އަނެއް ބަޔަކު ރީނދޫ ބޭނުންކުރަނީ ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށެވެ. އެންޓިއޮކްސިޑަންޓެއްގެ އިތުރުން ރީނދުލުގައި އަޔަން، މެގްނީސިއަމް އަދި ޕޮޓޭސިއަމް ހިމެނެ އެވެ.

ކެންސަރު ސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުނަ ނުދިނުމަށްޓަކައި ރީނދޫ އެހީވެދެއެވެ. މީގެއިތުރުން ރީނދުލަކީ އުރަމައްޗާއި ކޮލޯން، ފުރަމެ އާއި ޕްރޮސްޓްރޭޓް އަދި ކާއެއްޗެތި ދަތުރުކުރާ ހޮޅި އާއި ފުއްޕާމޭގެ ކެންސަރަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ

ކާނާ ހަޖަމުކުރުމުގައިވެސް ރީނދޫ އިސް ރޯލެއް އަދާކުރެއެވެ. އެގޮތުން ރީނދޫ ޖޫސްތައްޓެއް ބޯލުމުން ވަރަށް ފަސޭހަކަމާއެކު ކާނާ ހަޖަމުކޮށްލުމަށް އެހީވެދެއެވެ. މީގެއިތުރުން ގޭހުގެ އުނދަގޫވާ ފަރާތްތަކުންވެސް ރީނދޫ ބޭނުންކުރުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެއެވެ.

ރީނދުލަކީ ހަންގަނޑަށްވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ރީނދުލަކީ ހަންގަނޑު ސާފުކޮށްލަދޭ އަދި ބިހިނެގުމުން ދުރުކޮށްދޭ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް