ކޯވިޑް-19 އަށް އިތުރު 123 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 45 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 29 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފައިވަނީ 16 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން27 މީހުންނާއި ސަފާރީތަކުން ހަތަރު މީހުންނާއި ރިސޯޓު ތަރައްގީ ކުރާ ރަށްތަކުން ދެ މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،733 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،646 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،873 އަށް އަރާފައި އެވެ.
އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 219 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،750 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް