ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް ދިރާގު ޓީވީ އާއި ދިރާގު ފްލޭއިން ބެލެނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނީ ރާއްޖޭގެ ހުނަރުވެރި އެތްލީޓުން ބައިވެރިވާ މި މުބާރާތް އެންމެ ފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ދިރާގުން ހަމަޖައްސާފަ ވާކަމަށެވެ. އެގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލާލެވޭނެއެވެ.
މިއަހަރުގެ މި ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ ހަތަރު އެތްލީޓުން ވާދަކުރާއިރު ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ހިމެނެއެވެ.
ދިރާގުން ވަނީ ސާއިދާއި ދިވެހި އެލްތީޓުންނަށް ސޯޝަލް މީޑިއާގައި ކާމިޔާބީ ހޯދުމަށް ހިތްވަރު ދީފައިއެވެ.
މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ. އެސް. ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެއެވެ.
ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ވަނީ އޮލިމްޕިކްސް 2020 ގައި ބައިވަރިވި ހުރިހާ ދިވެހި އެތްލީޓުންނަށް ކާމިޔާބީއަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް