އިންޑޮނޭޝިއާ މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ލެގްރޭޓް މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.
އެމްއެމްޕީއާރްސީން ބުނީ، ކެމްޕެއިންގެ ދަށުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޖަޒީރާ ވަންތަކަން ވީޑިއޯ އިޝްތިހާރުތައް މެދުވެރިކޮށް ދައްކާލާނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮޑަކްޓްސް ކަމުގައިވާ ރިސޯޓްތަކާއި، ގެސްޓްހައުސް، ލިވަބޯޑްސް އަދި ހޮޓެލްތަކުން ލިބޭ ހާއްސަ ތަޖުރިބާތައް ގޫގްލް ޑިސްކަވަރީ މެދުވެރިކޮށް ގޫގްލް އެޕްގެ އެޑްސްގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
އެއް މަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕެއިންގައި ގޫގްލް އަދި ޔޫޓިއުބް އެޑްސް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސްއެމްއެމްޕީއާރްސީންބުނެއެވެ.
ދެ މިލިއަނަށްވުރެ ގިނަ ވެބްސައިޓް އަދި ވީޑިއޯ ހިމެނޭ ގޫގުލް ޑިސްޕްލޭ ނެޓްވޯކްގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހިމެނޭނެއެވެ. މި އިޝްތިހާރުތައް އެކި ޓާގެޓް ގްރޫޕްތަކާއި، އެކި ވެބްސައިޓް އަދި ބޮލޮގްތަކަށް ރީ-ޑައިރެކްޓްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް