ނައިބު ރައީސްކަމުން އަޅުގަނޑު ވަކިކުރެވުނީތީ ޔާމީން މިހާރު ދެރަވޭ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ނިންމެވުމުން ޔާމީން މިހާރު ހިތާމަ ކުރައްވާ ކަމަށް ޖަމ...

25 Jul 2021 | 09:49

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ނިންމެވުމުން ޔާމީން މިހާރު ހިތާމަ ކުރައްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ އޮންލައިން ނޫސް "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޖަމީލް ވިދާޅުވީ އޭރު ރައީސް ޔާމީން ދެކެ ވަރަށް ނުރުހުންވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމަނިކުފާނަށް ހިތް ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ޖަމީލް ނައިބު ރައީސް ކަމުން ދުރު ކުރުމަކީ އޭރު ކުރެވުނު ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވައި، ޔާމީން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި އެއީ ގާނޫނާއި ހިލާފަށް ކުރެވިގެން ދިޔަ ކަމެކެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ. ސުޕްރީމް ކޯޓުގައި އެ މައްސަަލައިގެ އަޑުއެހުމެއް ވެސް ބޭއްވިއެވެ.

ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވަނީ ގާނޫނުއަސާސީގައި ބުނާ ފަދައިން ވެރިކަން ކުރުމުގެ ބާރުގެ ރައްކާތެރިކަމަށެވެ. އަދި އިންތިހާބުވާ ރައީސުންނާއި ނައިބު ރައީސުންގެ ތަގުދީރު ކޮރަޕްޝަނާއި ރިޝްވަތު ނަގައިގެން ނަގާ ވޯޓެއްގެ މައްޗަށް ބިނާވެފައި އޮންނަ އޮތުން ނައްތާލުމަށް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް