ޅ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލާޓުގައި، ކުރިޔަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

މެދުރާޢްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށ...

25 Jul 2021 | 09:22

މެދުރާޢްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެލާޓުގެ ވަގުތަކީ މެންދުރު ފަހު 2:00 ން ހަވީރު 5:30 އެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފކޮށްފައިވެ އެވެ.

އެ އަތޮޅުތަކުގެ އިތުރުން ހއ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތުވަނީ އިތުރުކޮށްފައި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރާއްޖެ މަތީ އުފެދިފައިވާ ވިލާގަނޑުގެ ބާރު ގަދަވަމުންދާ ކަމަށެވެ. އަދި އިތުރު ވިލާތައް ރާއްޖެ މައްޗަށް ޖަމާވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މެޓު އޮފީހުން ބުނީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިލާގަނޑުގެ ބާރު ކުރިއަށްއޮތް 24 ގަޑިއިރުވެސް ގަދަވާނެކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވީނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް