އެމްއެންޕީގެ ލޯގޯ ދައްކާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ މަޖިލީހުގެ އެހެން މެމްބަރުންތަކަކާ އެކު އުފައްދަވާ ސިޔާސީ ޕާޓީގެ ލޯގޯ ދައްކާލައިފިއެވެ. މޯލްޑިވްސް ނ...

25 Jul 2021 | 08:51

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ މަޖިލީހުގެ އެހެން މެމްބަރުންތަކަކާ އެކު އުފައްދަވާ ސިޔާސީ ޕާޓީގެ ލޯގޯ ދައްކާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލޯގޯ ދައްކާލާފައިވާއިރު ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަދަ ނޫ ކުލައާއި ފެހި އަދި ހުދު ކުލައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމްގެ ނަމުގައެވެ.

https://twitter.com/MaldNtnlParty/status/1419187826654998529

އެ ޕާޓީއަށް ނާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ފަސް މެމްބަރުން ގުޅިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއީ ކާނަލް ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް