ރޮަޒައިނާ ވިދާލުވަނީ، ނަޝީދަށް ވުރެ ރައީސްގެ ސިޔާސީ ތަޖުރިބާ ހުންނާނެ ކަމަށް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައި...

25 Jul 2021 | 08:24

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެކްޓިވިސްޓްއަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ޞާލިހްގެ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަލާމު ކަން ވެސް ބޮޑު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ލީޑަރު އިބްރާޙިމް މުހައްމަދު ޞާލިހާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ދެބޭފުޅުންގެ ސިޔާސި ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީ އޮތީ ދެ ބަޔަކަށް ބެހިފައެވެ.

ރައީސް އަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންގެ އަރާރުންވުން ބޮޑުވެ ޕާޓީގެ މަޝްރަހު މުޅިން ވަނީ ހަރާބުވެފައެވެ.

ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ކަމަކީ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ނަފުރަތުގެ ބިލު ފާސް ނުކުރުމެވެ. އަދި ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމުގައި އޮތް ޚިޔާލު ތަފާތުވުމާ ހެދި ވެސް ނަޝީދުގެ ނުރުހުން އެބަ އޮތެވެ.

"ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް