އިލޮށިފަތި ހިފައިގެން ކަމަދޫ ކަނބަލުން ދައްކާލީ ބަސް ހުއްޓޭހާ ފަރިހަރަކާތްތަކެއް!

މި އަހަރުގެ ބޮޑު ޢީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު އެންމެ ފޯރި ގަދަ ކަމަށް ފެންނަނީ ބ. ކަމަދޫގައެވެ. މި ވަގުތު މީސްމީޑިއާގައި ދައުރުވަމުންދާ ކަމަދޫގެ މަންޒަރުތަކަށް ބަލާއިރު ގިނަ...

25 Jul 2021 | 08:21

މި އަހަރުގެ ބޮޑު ޢީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު އެންމެ ފޯރި ގަދަ ކަމަށް ފެންނަނީ ބ. ކަމަދޫގައެވެ.

މި ވަގުތު މީސްމީޑިއާގައި ދައުރުވަމުންދާ ކަމަދޫގެ މަންޒަރުތަކަށް ބަލާއިރު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވީޑިއޯއެއް ވެއެވެ. އެއީ އެ ރަށު އަންހެނުންގެ ގުރޫޕަކުން ސްޓޭޖްގައި ދެއްކި ފަރި ހަރަކާތްތަކެކެވެ. އިލޮށިފަތި ހިފައިގެން ތިބި އެ ކަނބަލުން ނަށާފައި ވަނީ ފޯރިގަދަ ލަވަޔަކަށެވެ.

މުހައްމާ އަދި ޔޫއްޕެ މަޖާކޮށް ނެށި އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު "ވާގޮތް އަންގާލާށެ ކަލޯ" މި ފޯރިގަދަ ލަވަޔަށް އެ ރަށު ކަނބަލުން ނަށާލީ ވަރަށް ފޯރީގައެވެ. އިތުރަށް ފޯރިގަދަވީ ފިރިހެނުންތަކެއް ވެސް ނެށުމުގައި ބައިވެރިވީމައެވެ.

ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ފޯރި ގަދަ ސަގާފީ އެތައް ހަރަކާތެއް މި އަހަރު ކަމަދޫގައި ކުރިއަށް ގޮސްފައި ވާއިރު ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ހަރަކާތަކީ މިއީއެވެ. އެކަން މީސްމީޑިއާއިން އެބަ ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް