ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާުކޮށް ބޮމެއް ގޮއްވާލީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ.
މައްސަލައިގ ތަހުގީގު ފުލުހުން ވަރަށް ބާރަށް ކުރިޔަށް ގެންގޮސްފައިވާއިރު ބޮމުގެ ހަމަލާ ދިން މީހުންނާއި ބައިވެރިވި މީހުންނަށާއި އެކަމަށް ހިލާޔު ދިން މީހުންނާއި އެކު މިހާރު ފުލުހުންގެ ބަންދުގައި 10 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ކޮށް ނިންމައި ދައުވާ ކުރުމަށް ވަނީ ފޮނުވާފައި އެވެ.
ރޭ ފުލުހުން ވަނީ އެމީހުން އެ މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށާއި 2020 ވަނަ އަހަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފަށާފައިވާ ކަން ތަހުގީގަށް އެނގިފައިވާކަން ހާމަކޮށްފަ އެވެ. އަދި އެމީހުންގެ ހަރަކާތްތައް ހުރި ގޮތާއި ބޮން ތައްޔާރު ކުރި ތަނާއި ބޮން ހަރުކުރި ގޮތުގެ ވަރަށް ތަފްސިލީ މައުލޫމާތު ހާމަކޮށްފައިވެ އެވެ.
ފުލުހުުންގެ ތަހުގީގަށް މުހިންމު އެއް މައުލޫމާތު ނުލިބިވާކަން ރޭ ފުލުހުން ހާމަކުރި އެވެ. އެއީ ހަމަލާ އަމާޒުވި ރައީސް ނަޝީދުގެ ބަޔާނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ނަޝީދުގެ ފަރާތްޕުޅުން ބަހެއް ހޯދަން ފުލުހުން މަސައްކަތް ކުރީ އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ. އެކަމަކު އޭރު ނަޝީދު އެކަމަށް އިއުތިރާޒު ކުރެއްވުމުން އެކަން ނުވެ އޮތީ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ވެސް އެމަނިކުފާނުގެ ބަހެއް ތަހުގީގަށް ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ޖަވާބުދާރީވުން މައްސަލައެއް ނެތް ކަމަށް އެންގި ކަމަށާއި އެކަމަކު މިހާތަނަށް ނަޝީދުގެ ފަރާތްޕުޅުން ވަކި ޖަވާބެއް އެކަމުގައި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ބައެއް ފަރްތާތްތަކުން މިއާއި އެކު ކުރާ ސުވާލަކީ ނަޝީދު އުޅުއްވަނީ ފުލުހުންނަށް ޖަވާބުދާރީ ނުވެވޭހާ ބޮޑަށް އާލާސްކަންފުޅާ ބާވައެވެ. އީމެއިލްއެއް ކޮށްލަން ވަގުތުކޮޅެއް ހޭދަ ނުކޮށްލެވޭއިރު ބަރާބަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރައްވަ އެވެ. ބޭރުގެ ނޫސްތަކަށް އިންޓަވިއު ދެއްވަ އެވެ.
ބައިނަލްއަގުވާމީ ބައެއް ހަރަކާތްތަކާއި ފޯރަމް ތަކުގައި އޮންލައިންކޮށް އެމަނިކުފާނު ގެންދަވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ބައިވެރިވެވަޑައިގެންނަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކާ" ގައިވެސް ނަޝީދު އޮންލައިންްކޮށް ބައިވެރިވެވަޑައިގެން އާންމުން ކުރައްވާފައި ސުވާލު ތަކަށް ޖަވާބުދާރީވެވަޑައިގެންނެވި އެވެ.
ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން ހާމަކޮށް ނަފުރަތުގެ ބިލު ޕްރޮމޯޓުކޮށް އެ ބިލު ފާސް ކުރުމަށް ބުރަ މަސައްކްތަތް ކުރައްވަމުން ގެންދަވަނީވެސް ހަމަލާގައި ލިބުނު އަނިޔާއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނަވައިގެންނެވެ.
ހަމައެކެކަނި އެމަނިފާނުގެ އާލާސްކަންފުޅު ހުރި ގޮތުން ނުކުރެވޭ ކަމަކީ ފުލުހުންނަން ޖަވާބުދާރީވުން ހެއްޔެވެ.
ފަހަރުގައި ނަޝީދު ފުލުހުންނާއި މުއާމަލާތް ކުރައްވަން ބޭނުންފުޅުވަނީ ރާއްޖެ ވަޑައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ އެއީ އެމަނިކުފާނުވަނީ ފަރުވާއަށް ފަހު ވަރަށް އަވަަހަށް ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް