އުރީދޫ މޯލްޑިވްސްގެ ''ސައިބާ ރައްކާ'' ދެ ވަނަ ސެޝަންގައި ވެސް މުހިންމު ވާހަކަތަކެއް!

އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް އަދި ވިމެން އިން ޓެކް ގުޅިގެން ކްލަބް ހައުސްގައި ކުރިއަށް ގެންދާ "ސައިބާ ރައްކާ'' ސެމިނާގެ ދެ ވަނަ ސެޝަންގައި ވެސް މުހިންމު ވާހަކަތަކެއް ހިއްސާކޮށްފިއ...

25 Jul 2021 | 05:57

އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް އަދި ވިމެން އިން ޓެކް ގުޅިގެން ކްލަބް ހައުސްގައި ކުރިއަށް ގެންދާ "ސައިބާ ރައްކާ'' ސެމިނާގެ ދެ ވަނަ ސެޝަންގައި ވެސް މުހިންމު ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

"ސައިބާ ރައްކާ"އަކީ އިން ސައިބާ ސެކިއުރިޓީއާއި އިންޓަނެޓްގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ސެމިނާއެކެވެ. މި ސެމިނާގެ ފުރަތަމަ ސެޝަން ޖޫން 23 ވަނަ ދުވަހުގެ ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ސެޝަންގައި އަލިއަޅުއްވާލީ ފޮޓޯ ބޭނުންކޮށްގެން އިންޓަނެޓުގައި ބިރުދެއްކުމާއި ފުރައްސާރަކުރުމާއި ބްލެކްމެއިލް ކުރުމުން ރައްކާތެރިވުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން އެ ސެޝަންގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރިއެވެ.

އެއަށް ފަހު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ މި ވަނީ ދެ ވަނަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ވާހަކަދެއްކީ އިންޓަނެޓްގައި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި ނުރައްކާތަކާ ގުޅޭ ގޮތުންނެވެ. އަމިއްލަ ފިޔަފާރިތަކާއި ސަރުކާރުގެ ކުންފުނިތަކަށް ހުރި ނުރަކައްކާތަކާއި ގޮންޖެހުންތައް އަދި އެކަންކަމުން ސަލާމާތްވާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތަލެއް ސެޝަންގައި ވަނީ ހިއްސާކޮށްފައެވެ.

ޕެނަލިސްޓުންގެ ގޮތުގައި ފުލުހުންގެ ފަރާތުން ސަބް އިންސްޕެކްޓަރ އާދަމް ނަވީދާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްމާއިލް އައިމަން އަދި ވިމަން އިން ޓެކްގެ ފަރާތުން ހަފްސަތު އަލީމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް