ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމިހާ ރާޖް ކުންދުރާގެ ދިފާއުގައި އޭނާ ތެދުވެއްޖެ އެވެ.
އޮރިޔާން ފިލްމު އުފައްދާކަމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ރާޖް އާއި އެކު މި މައްސަލައިގަ 11 މީހަކު ހުރި އެވެ.
މި މައްސަލައިގަ ފުލުހުންނާއި އާންމުންގެ ތުހުމަތުގެ އިނގިލި ވަނީ ޝިލްޕާއަށް އަމާޒުވެފައި އެވެ. އަދި ހުކުރު ދުވަހު ފުލުހުން ވަނީ ޝިފްލާގެ ބަޔާން ނަގާފަ އެވެ.
ފުލުހުން މީޑިއާގައި ބުނީ ޝިފްލާގެ ބަޔާނުގައި ރާޖް ދިފާއު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޝިފްލާ ގަބޫލު ކުރާ ގޮތުގައި ރާޖް އަކީ އޮރިޔާން ފިލްމު އުފައްދާ މީހެއް ނޫން ކަމަށާއި އޭނާ އަކީ ދަސްކޮސްދީ އުގަނނައިދިނުމުގެ މަސައްކަތް ކުރާ މީހެއް ކަމަށެވެ.
ޝިލްޕާ ބުނެފައިވަނީ އޮރިޔާން ފިލްމު އުފެއްދުމާއި ދަސްކޮށްދޭން ފިލްމު ތައްޔާރު ކުރުމަކީ ތަފާތު ދެކަމެއް ކަމަށެވެ. އިތުރަޢް ބުނެފައިވަނީ ރާޖްގެ ކުންފުނިން އޮރިޔާން ފިލްމު އުފެއްދުމަށް ފަހު އާންމުން ދެއްކުމަށް އަޕްލޯޑު ކުރާ މޮބައިލް އެޕްލިކޭޝަން އާއި ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއަށް ނޭނގޭެ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި އެކު ޝިލްޕާ ވަނީ އޭނާ ޖަޖުކަން ކުރާ ސޮނީ ޓީވީން ދައްކާ “ސުޕާ ޑާންސް4” އިން ވަގުތީ ގޮތުން ވަކިވެފައި އެވެ. އަދި އޭނާ ޑައިރެކްޓަރެއްގެ ވަޒިފާ އަދާ ކުރާ ފިރިމީހާގެ ކުންފުނި ރާޖްސް ވިއާން އިންޑަސްޓްރީސް އިންވެސް އިސްތިއުފާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް