ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ މަޖިލީހުން ބޭރުކޮށްލިކަން އެންގީ މަޖިލީހުން މެންބަރުންނަށް ފޮނުއްވި އެމްއެމްއެސް އަކުންނެވެ. މައްސަލަ ބޭރުކޮށްލި ސަބަބު ކަމަށް ބުނެފައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަނޭޅޭނެ މައްސަލައެއް ކަމަށް ވާތީ އެވެ.
އިދިކޮޅު ފަރާތްތަކުން އަނިލްގެ އިތުބާރު ނެތްކަމުގެ މަައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާ އާއި ހަވާލާދީ އެވެ. އެކަމަކު އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް އިންތިހާބު ކުރުމާއި މަގާމުން ވަކިކުރުމުގެ ވާހަކަތަކެވެ.
ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.
އިދިކޮޅު 24 މެންބަރުންގެ ސޮޔާއި އެކު ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް