އޭއެމްޑީސީ ކައިރީގަ ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

އޭމެމްޑީސީ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ސަރަހައްދުގައި މާރާމާރީ ހިންގާކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މެންދުރު 2...

25 Jul 2017 | 09:45

އޭމެމްޑީސީ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ސަރަހައްދުގައި މާރާމާރީ ހިންގާކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މެންދުރު 2:08 ހާއިރު ކަމަށެވެ. މީޑިއާ އޮފިސަރު ވިދާޅުވީ އެ ދެ މީހުންނަށް ހަމަލާދީ ޒަހަމްކޮށްލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ.

އެ ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ. މި މައްސަލައިގަ މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް