މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތުގެ ސަރަފްވެރި މެހެމާން ކަމުގައިވާ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަވާޒް ޝަރީފަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި މެޑަމް ފާތިމަތު އިބްރާހިމް އެވެ.
ނަވާޒު ޝަރީފު މިއަދު މާލެވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ. ރައީސް އޮފީހުން ބުނީ ހަވީރު ރައީސް އޮފީހުގައި ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ.
މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ނަވާޒް ޝަރީފް ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެއްވުންތަކެއް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް