ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ސުޕްރީމް ކޯޓު ސަރަހައްދުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ 1:45 ހާއިރު ކަމަށެވެ. އަދި މައްސަލައިގަ ތުހުމަތު ކުރެވޭ މީހ...

25 Jul 2017 | 09:11

ސުޕްރީމް ކޯޓު ސަރަހައްދުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ 1:45 ހާއިރު ކަމަށެވެ. އަދި މައްސަލައިގަ ތުހުމަތު ކުރެވޭ މީހުން ހޯދަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދަކީ ފުލުހުންނާއި ސިފައިން ދައުލަތުގެ އެކި މުއައްސަސާތަކުގެ ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ. އަދި ވަޅި ޖަހާފައި ވަނީ އެންމެ ކާރޫބާރު ބޮޑު ގަޑީގަ ކަމަށްވިޔަސް އެމީހާ ގަޔަށް ވަޅި ޖެހި ބަޔަކު އަތުލައި ގެނެވިފައެއް ނުވެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެމީހާ ގަޔަށް ވަޅި ހެރީ ފަހަތުން ދިޔަ ބަޔަކު ކަމަށެވެ. އަދި ވަޅި ހެރީ ބުރަކައްޓަށް ކަމަށެވެ.

މިހާދިސާގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބު ނަމަވެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް