ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވި މައްސަލަ އިސްތިއުނާފުކޮށްފި

ގާނޫނު ތަންފީޒު ކުރަމުންދިޔަ މުވައްޒަފެއްްގެ ވާޖިބަށް ހުރަސްއެޅިކަން ސާބުތު ނުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮ...

25 Jul 2017 | 09:06

ގާނޫނު ތަންފީޒު ކުރަމުންދިޔަ މުވައްޒަފެއްްގެ ވާޖިބަށް ހުރަސްއެޅިކަން ސާބުތު ނުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދޭގޮތުގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވަޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ ކުރީ ރިޔާޒުފެ ފޯނު ހުޅުވައިދޭން ފުލުހުން އެދުމުން ލޮކް ކޯޑު ހަނދާން ނެތް ކަމަށް ބުނެ ފޯނު ހުޅުވައި ނުދިނުމުންނެވެ.

އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރިޔާޒުގެ މައްޗަށް ހެކި ހޯދުމުގައި މެންބަރުންގެ އިމްތިޔާޒު ގާނޫނާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒާއި ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެ އެވެ.

ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އެކަމަކު މެންބަރު ކަމެއް ނުގެއްލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް