ކާޖޮލްގެ ތަމަޅަ ފިލްމުގެ މަސައްކަތް ފެށިފައިވަނީ އޮޅުވާލުމުގެ ތެރެއިން ކަމަށް ބުނެފި

ދެން އެންމެ އަވަހަށް ރިލީޒްވާ ކާޖޮލް ދޭވްގަންގެ ތަމަޅަ ފިލްމު "ވީއައިޕީ 2" ގެ މަސައްކަތް ފެށުމުގެ ކުރިން އެ ފިލްމުގެ އެކްޓަރު އަދި ތަމަޅަ ސިނަމާގައި މަޝްހޫރު ވެންކަޓޭޝް ޕްރަބޫ، އާންމު ނަމުންނަމަ ދަނޭޝ...

25 Jul 2017 | 06:54

ދެން އެންމެ އަވަހަށް ރިލީޒްވާ ކާޖޮލް ދޭވްގަންގެ ތަމަޅަ ފިލްމު "ވީއައިޕީ 2" ގެ މަސައްކަތް ފެށުމުގެ ކުރިން އެ ފިލްމުގެ އެކްޓަރު އަދި ތަމަޅަ ސިނަމާގައި މަޝްހޫރު ވެންކަޓޭޝް ޕްރަބޫ، އާންމު ނަމުންނަމަ ދަނޭޝް އޭނައަށް އޮޅުވާލާ، ދޮގު ހަދާފައިވާ ކަމަށް ކާޖޮލް ބުނެފި އެވެ.

ކާޖޮލް ތަމަޅަ ފިލްމެއްގައި މަސައްކަތް މިކުރަނީ ގާތްގަނޑަކަށް 20 އަހަރު ފަހުންނެވެ. ކާޖޮލް މިހާތަނަށް ކުޅުނު ހަމައެކަނި ތަމަޅަ ފިލްމު ކުޅެފައިވަނީ 1997 ވަނަ އަހަރު އެވެ.

މީޑިއާގައި ވާހަކަދައްކަމުން ކާޖޮލް ބުނީ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ދަނޭޝް ބުނެފައިވަނީ އެ ފިލްމުގައި ވާހަކަދައްކަން ޖެހޭނީ 50 ޕަސެންޓު އިނގިރޭސިން ކަމަށެވެ. އެކަމަކު ބޮޑު ބައިގަ ވާހަކަދައްކަން ޖެހެނީ ތަމަޅައިން ކަމަށް ވުމުން މިހާ ގިނަ ދުވަހު ތަމަޅައިން ވާހަކަ ނުދައްކާ ހުރެފަ ދައްކަން ޖެހުމުން އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

ކާޖޮލް ބުނީ އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެކަމަކު އިތުރު މައްސަލަތަކެއް ނުޖައްސާ ފިލްމުގެ މަސައްކަތް ކުރަނީ ކަމަށާއި ތަމަޅައިން ވާހަކަދެއްކުމަށް ޝޫޓިން ތެރެއިން ދަނޭޝްގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

ލީޑް އެކްޓަރުގެ އިތުރުން ދަނޭޝް އަކީ "ވީއައިޕީ 2" ގެ އެއް ޑައިރެކްޓަރެވެ.

މިހާރު އެ ފިލްމުގެ މަސައްކަތުގެ ބޮޑުބައި ނިމި ޕްރޮމޯޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި އެވެ. އެކަމަކު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް