ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 452.9 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިއްސާދާރުން ކަނޑައަޅާފައިވާ ބައިން ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ.
ހިއްސާގެ ފައިސާ ލިބޭނީ މިމަހުގެ 29 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މުޅި ޖުމުލަ 452،960،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ނިންމީ މިދިޔަ އެޕްރީލް މަހު ބޭއްވި އާންމު ބައްދަލުވުމުން ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑަށްދީފައިވާ އިހުތިޔާރުގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް