ކޯޓު އަމުރެއްގެ ދަށުން ވައްޑެ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކި ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮ...

25 Jul 2017 | 04:01

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކި ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިިދިކޮޅު ފަރާތްތަކުން ހަރަކާތްތައް ބާއްވާ މ. ކުނޫޒު ސަރަހައްދުގައި ހުންނަވަނިކޮށް ރޭ 11:45 ހާއިރު އެވެ. ވައްޑެ ވަނީ ކޯޓު އަމުރު ދެއްކުމުން ވަގުތުން ފުލުހުންނާއި އެކު ވަޑައިގެންފަ އެވެ.

ވައްޑެ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވާ ނެރުއްވަފައިވާ އަމުރުގައި ބުނެފައިވަނީ މަޖިލީސް އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް މަޖިލީސް ތެރެއަށް ގަދަކަމުން ވަދެގަތް މީހުންގެ ތެރޭގައި މަޖިލީސް މެންބަރެއް ނޫންކަމަށް ކަނޑައަޅާފައިވާ ވައްޑެ މަޖިލީހުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. ހެކީގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ މަޖިލީހުގެ ސިޓީ އާއި ކޮޕީ އެވެ.

އެ މައްސަލާގައި ވައްޑެ ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވައްޑެ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އިއްޔެ މެންބަރުން މަޖިލީހަށް ވަދެ ތިއްބައި ފުލުހުންނާއި ސިފައިން މަޖިލީހަށް ވަދެ އެ މެމްބަރުން އެ ތަނުން ނެރުމަށް ފަހު، ވައްޑެ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައި ދޫކޮށްލި އެވެ.

ވައްޑެ ރޭ ވިދާޅުވެފައިވަނީ އިއްޔެ ފުލުސް އޮފީހަށް ގެންގޮސް އޭނާގެ އަތުން ބަޔާނެއް ނެގީ، ފުލުހުން ބަންދު ކޮށްފައި އޮތް ސަރަހައްދަކަށް ވަން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް