ފޮރިން އެކްސްޗޭންޖް ޓްރޭޑިންގ (ފޮރެކްސް) ރެގިއުލޭޓް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން އާދީއްތަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފޮރެކްސް ޓްރޭޑިންގ ވިޔަފާރިކުރާކަން ބަޔާންކޮށް އެ ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންނެވެ. ފޮރެކްސް ޓްރޭޑިންގ ވިޔަފާރިއަކީ އަދި މި އޮތޯރިޓީން ރެގިއުލޭޓްކުރާ ވިޔަފާރިއެއް ނޫން ކަމުގައި ދަންނަވާ ކަމަށެވެ.
"ނަމަވެސް، އެ ވިޔަފާރި ރެގިއުލޭޓް ކުރަންފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެނޫންވެސް ކަންކަން ކުރަމުންދާކަމުގައި ދެންނެވީމެވެ." އެމްއެމްއޭގެ އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފޮރެކްސް ޓްރޭޑިންގ ވިޔަފާރިކުރާފަރާތްތައް މެދުވެރިކޮށް ބޭރު ފައިސާ ޓްރޭޑް ކުރުމުގެ ކުރިން އެކަމުން ކުރިމަތިވެދާނެ ރިސްކްތަކަށް ބެލުމަށް ސަމާލުކަން ދިނުމަށް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް