މިނިވަން ދުވަހުގެ މުނާސަބަތުގައި އެމް.އެން.ޑީ.އެފް އިން ޝަރަފުގެ ހިނގާލުމެއް ބާއްވަނީ

ދިވެހިރާއްޖޭގެ ފަޚުރުވެރި ފަންސާސް ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ (2015 ޖުލައި 26) ވަނަ ދުވަހުގެ ހަވީރު 04:15 ގައި އެމްއެންޑީއެފުން ޝަރަފުގެ ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އ...

25 Jul 2015 | 11:57

ދިވެހިރާއްޖޭގެ ފަޚުރުވެރި ފަންސާސް ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ (2015 ޖުލައި 26) ވަނަ ދުވަހުގެ ހަވީރު 04:15 ގައި އެމްއެންޑީއެފުން ޝަރަފުގެ ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި މާލޭގައި ބާއްވާ ޝަރަފުގެ ހިނގާލުން ކުރިއަށް ދާނީ ބަންޑާރަކޮށިން ނުކުމެގެން އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް ޗާންދަނީ މަގުން ދެކުނަށް، މެދުޒިޔާރަތް މަގުން އިރަށް ގޮސް ސޯސަން މަގުން ދެކުނަށް، މަޖީމަގުން ހުޅަނގަށް، އަދި ނަލަހިޔާ ކައިރިން އޯކިޑުމަގުން އިރަށް ގޮސް ބަންޑާރަކޮށްޓަށް ނިންމާ ގޮތަށްކަމަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މުލިއާގޭ ކުރިމައްޗާއި ސޯސަންގެ އަދި ބިއްލޫރިޖެހިގޭގެ އިތުރުން އޯޑިއޯން ކައިރީގަ އާއި މިހާރުގެ ސްޕްރީމް ކޯޓް ކައިރީގައި މަޑުކޮށް ސިފައިންގެ ބޭންޑުން ރާގުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުމުގައި ބައިވެރިވާ ސްކޫލް ދަރިވަރުންނާއި އެހެނިހެން މުއައްސަސާތަކުގެ ޕެރޭޑް ފެއްޓޭނީ ވެސް މާދަމާގެ ހަވީރު 04:15 ގައެވެ. މި ޕެރޭޑްތައް ފެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ކުރިއަށްދާ މަގުތަކުގެ، ކަނޑައެޅޭ ވަކި ޚާއްޞަ ސަރަޙައްދުތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް