މިއަދުގެ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މިއަދުގެ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ. މިނިވަން 50 އަށް ތަންތަން ޒީނަތްތެރިކުރުމާއި ޒީނަތްތެރިކޮށްފައި ހުރި ތަން ތަން ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ...

25 Jul 2015 | 09:25

މިއަދުގެ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިނިވަން 50 އަށް ތަންތަން ޒީނަތްތެރިކުރުމާއި ޒީނަތްތެރިކޮށްފައި ހުރި ތަން ތަން ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 8 ޖަހަންދެން ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި މިނިވަން 50 އަށް މާލެތެރެ ޒީނަތްތެރިކޮށްފައިވާ ތަންތަން ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން މަގުމަައްޗަށް ނިކުމެ އުޅޭ ކަމަށެވެ.

މިއަދު 5:00 އަކުން 8:00 އާ ދެމެދު ސައިކަލު ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ނާޒިފު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް