ސިފައިންގެ ވިޔަފާރި ކުންފުނި ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި އެކަކު ނިޔާވި ޚަބަރާއި އަދިވެސް ބަޔަކު ނުފެންނަ ކަމުގެ ޚަބަރު އެކި މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.
އެމްއެންޑީއެފްއިން ހަމަ އެކަނި ބުނެފައިވަނީ ކާށިދޫ ކަނޑަށް އެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ވާހަކައާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކަށް ޅ. އަތޮޅު ހޮސްޕިޓަލުން ކަށަވަރުކޮށްދޭގޮތުގައި އެ ހާދިސާއާއި ގުޅުންހުރި އެކަކު ނިޔާވެފައިވާއިރު އެ ހޮސްޕިޓަލުގައި އިތުރު ބަޔަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދިވެސް މީހުން ގެންނަމުންދާކަމަށްވެސް ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސް، އަބްދުﷲ ސާމިރު ފޯނަށް ޖަވާބު ނުދެއްވާތީ ސީދާ ދުވަހަށް އެ މަޢުލޫމާތުތައް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު ނޫހާއި ވަގުތު ނޫސްފަދަ ރާއްޖޭގެ ބައެއް ނޫސްތަކުން އެ މަޢުލޫމާތު އެގޮތަށް ގެނެސްދީފައިވެއެވެ.
މި ހާދިސާއާއި ގުޅޭ އެއްވެސް އިތުރު މަޢުލޫމާތެއް ފުލުހުންނާއި ސިފައިން އަދި ހިއްސާކޮށްފައެއް ނުވެއެވެ. ސިފައިން ބުނެފައިވަނީ ފަހުން މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް