ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ޕްރިމިއަމް ޕަރޓްނަރަކަށް މިނީސޯ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ޕްރިމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯއިން ސޮއިކޮށްފިއެވެ. މި ޕަރޓްނަރޝިޕް އިއުލާނުކޮށްފައިވަނީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގައެވެ. މި އިވެންޓ...

25 Jun 2025 | 07:54

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ޕްރިމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯއިން ސޮއިކޮށްފިއެވެ.

މި ޕަރޓްނަރޝިޕް އިއުލާނުކޮށްފައިވަނީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ފޯރިގަދަ އިވެންޓެއްގައެވެ. މި އިވެންޓުގައި، ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު، ސޮނީ ސްޕޯޓްސްގެ އެމްޑީ، އަހްމަދު ކަލީމް، ދިރާގު އަދި ސޮނީ ސްޕޯޓްސްގެ ސީނިއަރ އޮފިޝަލުން އަދި ގިނަ އަދަދެއްގެ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

"ދިރާގު ގޭމާސް ގިލްޑްގެ ޕްރީމިއަމް ޕަރޓްނަރެއްގެ ގޮތުގައި މިނީސޯއަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕަރޓްނަރޝިޕަކީ ރާއްޖޭގައި އީސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތައް ލިބޭ އިތުރު ބާރެއް" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

މި ކުލަގަދަ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ގޭމް ސްޓޭޝަންތަކާއި ލައިވް މިއުޒިކާއެކުގައެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގައި އީސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ޑީޖީޖީގައި 7،000 އަށް ވުރެ ގިނަ ގޭމާސް ވަނީ ރަޖިސްޓަރީކޮށްފައެވެ.

ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް