މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
"މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން ޖުމްލަ 38 މަސްވެރިން ލޯނަށް އެދި ހުށަހަޅާފައިވޭ" ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އޭގެ ތެރެއިން 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގް މަރުހަލާގައި ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް ސަރުކާރުން ވަނީ އިފްތިތާހުކޮށްފައެވެ. މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް