ރައީސް އޮފީހުގެ ޓީމެއް "ސްޓަޑީ ޓުއަރ" އެއްގައި ލަންކާގައި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމެއް "ސްޓަޑީ ޓުއަރ"އެއްގައި ލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ. ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ކުރިއަށްދާ "...

25 Jun 2025 | 04:03

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމެއް "ސްޓަޑީ ޓުއަރ"އެއްގައި ލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ކުރިއަށްދާ "ސްޓަޑީ ޓުއަރ" ގެ މައިގަނޑު އަމާޒީ ދާއިރާއަކީ އާކައިވް ރެކޯޑް މެއިންޓަންނަސް އަދި ޕްރިޒަވޭޝަން، ސްޓޯރ މެނޭޖްމަންޓް، އިންވެންޓޮރީ ކޮންޓްރޯލް އަދި ސްޓޮކް ޕްރިޒަވޭޝަންއެވެ.

އެ ޓީމުގެ މި ދަތުރުގައި ލަންކާގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް އާކައިވްސް އާއި ލަންކާގެ ކަސްޓަމްސްއާއި ތިމްބިރިގަސްޔާޔާ ޑިވިޒަނަލް ސެކްރެޓޭރިއަޓާއި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް އެ ޓީމުން ޒިޔާރަތްކުރާނެއެވެ.

މި ދަތުރުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަށް މުވައްޒަފަކު ބައިވެރިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް