ރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ރޭގައި ފުލުހުން ބުނެފައިވަނީ ޅ. މަޑިވަރު އެއާޕޯޓާއި ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓް ހިނގިކަން ރޭ 8:26 ހާއިރު ރިޕޯޓްކުރި ކަމަށެވެ.
"އެކްސިޑެންޓްގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާއި ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި" ފުލުހުން ރޭގައި ބުނެފައިވެއެވެ.
އިތުރު ފަރުވާއަށް ދެމީހަކު މާލެ ގެނައިކަން މިއަދު ފުލުހުން ހާމަކޮށްފައިވާއިރު ފުލުހުން އިތުރަށް ބުނެފައިވަނީ ޑިންގީ ގެއްލިފައިވާކަމަށާއި އަޑިއަށް ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޑީންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެ ޑިންގީ އަދި ފެނިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް