އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ޓްރަމްޕްގެ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލި ކަމުގެ ދަޢުވާއަށް ގޮންޖަހައިފި

އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓަކުން، ފާއިތުވި ހަފުތާ ބަންދުގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ނިއުކްލ...

25 Jun 2025 | 00:31

އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓަކުން، ފާއިތުވި ހަފުތާ ބަންދުގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "މުޅިން އަދި ފުރިހަމައަށް ފުނޑުފުނޑުވެގެން ދިޔަ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނާ ފުށުއަރާ ކަންތައްތަކެއް ފާހަގަކޮށްފިއެވެ.

މި ސިއްރު ރިޕޯޓާ ގުޅޭ މަޢުލޫމާތު ހާމަކުރި ދެ މަސްދަރެއްގެ ބަހުން، އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ޕްރޮގްރާމުގެ މުހިންމު ބައިތައް - އޭގެ ތެރޭގައި އެންމެ މަތީ ފެންވަރަށް އެންރިޗްކޮށްފައިވާ ޔުރޭނިއަމްގެ ރައްކާތަކާއި، ގިނަ އަދަދެއްގެ ސެންޓްރިފިއުޖްތައް ހިމެނޭ ގޮތަށް - ހަމަލާ ދިނުމުގެ ކުރިން އެހެން ތަނަކަށް ބަދަލުކޮށް، ރައްކާތެރިކަމާއެކު ދަމަހައްޓާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މިރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުހެ ސަބަބުން އީރާނުގެ ނިއުކްލިއަރ މަސައްކަތް ފަހަތަށް ޖެހުނީ އެންމެ ދެތިން މަސްކަމަށެވެ.

މި ހޯދުންތަކާ ދެކޮޅުހަދައި، ވައިޓް ހައުސްއިން މި ދިރާސާ ރިޕޯޓަކީ "އެއްކޮށް ނުބައި" އެއްޗެއް ކަމަށް ބުނެ ބަލައިނުގަނެ ދޫކޮށްލާފައިވާއިރު، ޓްރަމްޕްގެ މެދު އިރުމަތީގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް، މި ހަމަލާތަކުން އެ ބޭނުންވި ލަނޑުދަނޑިތައް ހާސިލުކުރެވުނު ކަމަށް ދަޢުވާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް