މިއަދު ނިޔާވި މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމައް ތައްޔާރުވަމުން އަންނަކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
އެގޮތުން ދެންމެ ޝަހީމް ވިދާޅުވީ ކުޅުންތެރިޔާ ބަކާގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގެ ބާއްވާގޮތަށް އިންތިޒާމުގެ މަސައްކަތް ކުރިއަށް އެބަގެންދާކަމަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ބަކާގެ ކަށުނަމާދު މާދަމާ ފަތިސްނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި ބޭއްވުމަށް ކުރިން ދިޔައީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް