ރާއްޖެއިން ޙައްޖު ކޯޕަރޭޝަން އިން މި އަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިން ވަނީ، ފުރިހަމަ ކުރަން ޖެހޭ ވެކްސިންތައް ފުރިހަމަ ކޮށްފައި ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސް ވަނީ ސަޢޫދީ ޙައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިންގ ކަމުގައިވާ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ.
ޙައްޖުވެރިންގެ ސަލާމަތާ ރައްކާތެރިކަމަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ޙާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެ ކުންފުނިން ވަނީ ފާހަގަ ކުރައްވާފައެވެ.
ޙައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވާއިރު ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެނިންގޮކޯކޮލް ރާއްޖެއިން ފެނި މި ބަލީގައި އެކަކު ނިޔާވެފައިވާކަމަށް ނުރަސްމީގޮތެއްގައި ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުން މިރޭ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް