ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ.
ބަކާ ނިޔާވެފައިވަނީ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
ބަކާ ނިޔާވިއިރު އުމުރަކީ 38 އަހަރެވެ. ބަކާގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭންފެށީ ޙައްޖުގެ އަޅުކަމަށްފަހު ބަކާ ރާއްޖެ އައިފަހުން ހުންގަދަވެ ހާލު ސީރިއަސް ވުމުންނެވެ.
ބަކާ ޙައްޖުން ރާއްޖެ އައީ މީގެ ތިން ދުވަސް ކުރިންނެވެ.
ބަކާއަކީ 2008ގައި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އަނިޔާއާއި ފިޓްނަސްގެ މައްސަލަ ދިމާވެ މިދިޔަ ދެ ސީޒަންގައި ބަކާ ނުކުޅުނު ނަމަވެސް ކުޅުން ހުއްޓާނުލާކަމަށް ބަކާ ކުރިން ބުނެފައިވެއެވެ. އެއްވަނަ ޑިވިޝަނުގައި ބަކާ އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް