މާލޭގައި ވައްކަން ކުރަން އުޅޭ 46 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި 4،000 ފަހަރު ފުލުހުން އެ 46 ވަގުންނާ އިންޓަރެކްޓްވެފައިވާ ކަމަށެވެ.
އިހްސާން ވިދާޅުވީ، ބައެއް ފަހަރު އެމީހުން ހައްޔަރަށް ގެންދާ ކަމަށާއި އަނެއްބައި ފަހަރުތަކުގައި ނަސޭހަތް ދީފައި އެމީހުން ދޫކޮށްލާ ކަމަށެވެ.
އެމީހުން ހައްޔަރު ކުރުމަށްފަހު ޔޫރިން ޕޮޒިޓިވް ވުމުން އެއް ކޯޓަށް ގެންދިޔުމުން އެއީ ޑްރަގު މައްސލައެއް ނޫން ކަމަށާއި އެއީ ކްރިމިނަލް މައްސަލައެއް ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން ވިދާޅުވީ ގާނޫނުގައި ކަންކަން ބަޔާން ކޮށްދީފައި އޮންނަން ޖެހޭ ކަމަށެވެ.
މީގެއިތުރުން އިހުސާން ވިދާޅުވީ ބައެއް ހާލަތް ތަކުގައި މީހުން ދޫވެގެން ދަނީ ކޯޓުތަކުގައި އެ އިހުތިސޯސް ނެތުމުން ކަމަށެވެ. .ފުލުހުންނަށް އެފަދަ މީހުން ބެހެއްޓެން އަންނަނީ ގިނަވެގެން 24 ގަޑިއިރަށް ކަމަށް އިހުސާން ވަނީ ފާހަގަ ކުރައްވާފައެވެ.
ކަން މިހެން އޮތުމާއި ގުޅިގެން މި 46 މީހުންނާ މިވީ ދުވަސްތަކުގައި 4،000 ފަހަރު އިންޓަރެކްޝަނަށް ފަހު އަދިވެސް އެމީހުން ތިބީ މުޖުތަމައުއަށް ދޫވެފައި ކަމަށް އިހުސާން ވަނީ ވިދާޅު ވެފައެވެ. މި މީހުންގެ ތެރެއިން އެންމެ ކްރިޓިކަލް ކަމަށް ބެލެވުނު ދިހަ މީހަކު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާ އަށް ނެގިފައިކަން އިހުސާން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް