ގޭގަ ހުރެގެން ފިޒިއޯ ތެރަޕީގެ ޚިދުމަތް ޓްރީޓޮޕުން ތަޢާރަފް ކޮށްފި

ޓްރީޓޮޕް ހިސްޕިޓަލުން ތާރަފްކުރި "ހޯމް ކެއަރ" ޚިދުމަތުގެ ދަށުން ގޭގަ ހުރެގެން ފިޒިއޯތެރަޕީ ހެދޭނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ. ޓްރީ ޓޮޕުން ބުނީ، މި ޚިދުމަތުގެ ސަބަބުން އުމުރުން ދުވަސްވެފައި...

25 Jun 2024 | 10:39

ޓްރީޓޮޕް ހިސްޕިޓަލުން ތާރަފްކުރި "ހޯމް ކެއަރ" ޚިދުމަތުގެ ދަށުން ގޭގަ ހުރެގެން ފިޒިއޯތެރަޕީ ހެދޭނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕުން ބުނީ، މި ޚިދުމަތުގެ ސަބަބުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، ތަދުތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކާއި، ޕޯސްޓް ސާޖަރީ ފަރުވާ ބޭނުންވާ ފަރާތްކާއި އަދި އެހެނިހެން އަނިޔާތަކާއިހުރެ ހިނގާބިނގާ އުޅުމަށް ދަތިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެށެވެ. މިގޮތުން ޚިދުމަތް ހޯދުމަތް ހޭދަވާ ވަގުތު ކުޑަވުމާއި ދަތުރު ފަތުރު ކުރަން ނުޖެހުން ހިމެނެއެވެ.

މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގެ "ހޯމް ކެއަރ" ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މާލެއައް އެކަނި ކަމަށް ޓްރީޓޮޕުން މައުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތްތާ މާލޭގެ އިތުރުން އެހެން ސަރަހައްދު ތަކަށްވެސް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ޓްރީޓޮޕުން ވަނީ ބުނެފައެވެ.

ހޯމް ކެއަރ ޚިދުމަތުގެ ދަށުން ލިބޭ ފިޒިއޯތެރަޕީ ފަރުވާތަކު ތެރޭގައި

-     ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަމް Post-surgical rehabilitation
-     ސްޓްރޯކް ރިހެބިލިޓޭޝަން Stroke rehabilitation
-     ކްރޯނިކް ރިހެބިލިޓޭޝަން Chronic rehabilitation

ހޯމްކެއަރ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ

ހެނދުނު: 7:00 އިން 9:00 އަށް

ރޭގަނޑު: 8:00 އިން 10:00 އަށް

އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވުމަށް ޓްރީޓޮޕުން ވަނީ  އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް