ސިނަމާލެއިން ވައްކަންކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ސިނަމާލެ 3 ފްލެޓްތަކުން ވައްކަންކުރުމުގައި އެ ފްލެޓްތަކުގެ ޓެރަސްމަތީގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ސިނަމާލެ ...

25 Jun 2024 | 10:15

ސިނަމާލެ 3 ފްލެޓްތަކުން ވައްކަންކުރުމުގައި އެ ފްލެޓްތަކުގެ ޓެރަސްމަތީގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ސިނަމާލެ ތިނެއްގެ ޓެރަސްމަތިން ބަޔަކު ވައްކަންކުރަން އުޅުނު މައްސަލައެއް މިއަދު ފަތިހު 05:01 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި މައްސަލައިގެ ތުހުމަތުގައި 35 އަހަރުގެ ދެމީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް