ހާލު ދެރަވެ ބަކާއަށް އައިސީޔޫގައި ފަރުވާދެނީ

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ. ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އޭޑީކޭގައި އެޑްމިޓ...

25 Jun 2024 | 04:22

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އޭޑީކޭގައި އެޑްމިޓްކޮށް އައިސީޔޫގައި ބަކާއަށް ފަރުވާދެމުން އަންނަނީ މީގެ ދެ ދުވަސްކުރިން ބަކާ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައިފަހުން ހުން އައިސް ހާލު ސީރިއަސްވެގެންނެވެ.

ބަކާއަށް މިވަގުތު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ބަކާއަކީ 2008ގައި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އަނިޔާއާއި ފިޓްނަސްގެ މައްސަލަ ދިމާވެ މިދިޔަ ދެ ސީޒަންގައި ބަކާ ނުކުޅުނު ނަމަވެސް ކުޅުން ހުއްޓާނުލާކަމަށް ބަކާ ކުރިން ބުނެފައިވެއެވެ. އެއްވަނަ ޑިވިޝަނުގައި ބަކާ އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް