'ތޮއްޑޫ ޢީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އއ. ތޮއްޑޫގައި  ބޭއްވުމަށް ހަމަޖެހިފައިވާ 'ތޮއްޑޫ ޢީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފިއެވެ. އއ. ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮ...

25 Jun 2023 | 17:05

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އއ. ތޮއްޑޫގައި  ބޭއްވުމަށް ހަމަޖެހިފައިވާ 'ތޮއްޑޫ ޢީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފިއެވެ.

އއ. ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ން 29 ޖޫންގެ ނިޔަލަށެވެ. މި ޢީދު ކުޅިވަރުގައި އީދު ހެނދުނު ސައި، މަސް ރޭސް، ބޮޑު މަސް، މާލި، ފެންކުޅި އަދި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަވާއެރުވުމާއެކު އެކި ނަން މަޝްހޫރު ދިވެހި ފަންނާނުންނާއެކު ޢީދު ޝޯއެއްވެސް ވަނީ އިންތިޒާމުކުރެވިފައެވެ.

މުޖުތަމަޢުގެ އެކި ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން އެކުންފުނިން ދަނީ މިފަދަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެއްބާރުލުންދެމުންނެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުން ބައިވެރިކުރުވާފަދަ މިކަހަލަ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް