ޑިމޮކްރެޓްސް އަށް ހުއްދަ ދިނުމަށް ނިންމުމަކީ އީސީން އެޅި ހަރުދަނާ ފިޔަވަޅެއް: ގާސިމް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނިންމުމަކީ އިލެކްޝަންސް ކޮމިޝަނުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން...

25 Jun 2023 | 16:01

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނިންމުމަކީ އިލެކްޝަންސް ކޮމިޝަނުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެދުއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދެއްވުމާއި ގުޅިގެން ރައީސް ނަޝީދަށާއި އެ ޕާޓީ އުފެއްދުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި އިސްލާހަށާއި ޑިމޮކްރެސީއާއި ހެޔޮ ވެރިކަމަށްޓަކައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

"މިހުއްދަ ދެއްވުމަކީ އިލްކްޝަންސް ކޮމިޝަނުން ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކި، ކޮމިޝަނުގެ ވެރިންނަށްވެސް މަރުހަބާ ދަންނަވަން" ގާސިމް ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާކަން އަންގާފައިވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް