މާލެއިން ފުރައިގެން ނ. ވެލިދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ 30 މީހުންނާއެކު މާލެއިން ފުރައިގެން ނ. ވެލިދުއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗެއް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން މިއަދު ހަރަކާތްތެރިވި ކަމަށެވެ.
"ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓް ކައިރިން ކަމުގައިވުމާއެކު ލޯންޗު ވަނީ އެ ވަގުތު ރަންދެލި ރިސޯޓް ފަޅަށް ވަދެފައި"އެމްއެންޑީއެފުން ބުނެފައިވެއެވެ.
ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބި ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
ލޯންޗެއް ބަންޑުން ޖަހާލާފައިވާއިރު ޢީދު ބަންދާއި ދިމާކޮށް ކޮންމެ ދުވަހަކު މާލެއިން އެތައް ބައިވަރު ލޯންޗެއް ފުރަފުރައިގެން ރަށްރަށަށް ދަތުރު ކުރަމުން އެބަދެއެވެ.
މި ދަތުރުތައް ކުރަމުން އަންނައިރު ރާއްޖެ ސަރަހައްދުގައި މޫސުން މިވަނީ ގޯސްފައެވެ. ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓުން ފާއިތުވި ތިން ދުވަހު އަންނަނީ އިލްތިމާސް ކުރަމުންނެވެ.
https://twitter.com/MNDF_Official/status/1672925445619351552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1672925445619351552%7Ctwgr%5E098600462bafcba85d3a1378493cc6efac935350%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F122881
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް