ޕްރޮގްރެސިވް ކޯލީޝަނާއި ދަ ޑިމޮކްރެޓްސް މިއަދު ގުޅިގެން މި ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލީޝަނާއި ދަ ޑިމޮކްރެޓްސް އިން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
"ރައީސް ސޯލިހް ބޭލުމުގެ މަސައްކަތް މިފެށީ، ވަރަށް ތާރީހީ ދުވަހެއް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އަދި ޑިމޮކްރެޓްސްގެ ފަރާތުން އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ އެ ބައްދަލުކުރެއްވުމުގައި ދެ ފަރާތުންވެސް ވިދާޅުވީ ކުރިއަށްދާނީ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށާއި ކޮމަން ގްރައުންޑެއްގައި ދެ ފަރާތުގެވެސް މަސްލަހަތުވެސް ނުގެއްލޭނޭހެން މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އަދި އެންމެ މުހިންމު މަސައްކަތަކީ ގުޅިގެން ރައީސް ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް