ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.
ޖާބިރު ވަނީ ސޮއި ކުރެއްވި ފޯމު އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވަން ވަޑައިގެންނެވިއިރު ބޮޑު ބެރު ޖެހުމާއެކު ބޮޑު ބެރު ގްރޫޕެއް ޖާބިރުގެ ފަހަތުން ގޮސްފައިވެއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާއިރު ޖާބިރު އެމްޑީޕީއަށް ވަޑައިގެންނެވުމަށް ދައުވަތު އެރުއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ. އެ ދައުވަތު ޖާބިރަށް އެރުވި ދުވަހަކީ، މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރާ ގުޅުވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީއަށް ޖޯކު ޖެއްސެވި ދުވަހެކެވެ.
އެގޮތުން އެންމެ ފަހުން ދަމުން ދަމުން ގޮސް އެމްޑީޕީގެ ލީޑަރުކަން ކުރައްވާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް އީވާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް